ރައީީސް ޔާާމީން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ދެންމެ ނެރެފިއެވެ.
ރައީސް ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ދެންމެ ނެރެފައިވަނީ އެކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުމާ ގުޅިގެންނެވެ. ކުރިމިނަލް ކޯޓުން މި އަމުރު ނެރެދީފައިވަނީ ހަތް ދުވަހަށެވެ.
ފުލުހުން އެދިފައިވަނީ ތަޙްޤީޤު ކުރިއަށްދާ މައްސަލައަކާ ގުޅިގެން ރައީސް ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ފުލުހުން ތަޙްްޤީޤު ކުރަމުންދަނީ ރައީސް ޔާމީންގެ ކޮންމައްސަލައެއް ކަން ކަށަވަރުވެފައެއް ނުވެއެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ގއ. ވޮޑަމުލާގެ މައްސަލާގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައެވެ. މި ހުކުމާއެކު ދެއަހަރާއި ދެ ދުވަހަށްފަހު ރައީސް ޔާމީން މިއަދު ވަނީ މިނިވަންވެވަޑައިގެންފައެވެ.
ވޮޑަމުލާ މައްސަލާގައި ރައީސް ޔާމީނަށް ކުރި ޙުކުމް ބާތިލުކޮށް މިއަދު އެމަނިކުފާނު މިނިވަންވެފައިވީ ނަމަވެސް އެމަނިކުފާނުގެ މައްޗަށް 4 ދައުވާއެއް ކުރިމިނަލް ކޯޓުގައި މިހާރުވެސް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އެވެ.

ކިޔުންތެރިންގެ ހިޔާލު