ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝްމިތާ ސެންގެ ކާމިޔާބު ވެބް ސީރީޒްގެ ދެވަނަ ސީޒަން އަންނަ މަހުގެ 10 ގައި ގެނެސްދޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރާމް މަދުވާނީ ޑައިރެކްޓް ކޮށްފައިވާ "އާރިއާ 2" ސްޓްރީމް ކުރާނީ ފުރަތަމަ ސީޒަން ވެސް ސްޓްރީމްކުރި ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. މި ސީރީޒުން އަންހެނަކު އާއިލާގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކާ ވާ ގުރުބާނީ ފެނިގެންދާނެއެވެ.

މި ސީރީޒާއި ގުޅޭގޮތުން ސުޝްމިތާ ބުނީ "އާރިއާ 2" ވެގެންދާނީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ އަދި ޝައުގުވެރި ބައިތަކެއް އެކުލެވޭ ސީޒަނަކަށް ކަމަށެވެ.

މި ސީރީޒްގެ މަސައްކަތް ފެށި އިރު، ކުރިން ދެވަނަ ސީޒަނެއް ހަދާ ގޮތަކަށް ހަމަޖެހިފައި ނެތް ނަމަވެސް މި ވާހަކަ އަށް އިތުރު ބައެއް ލާން ނިންމީ ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ޖޫން 19 ގައި ގެނެސްދިން "އާރިއާ" އަކީ ނުވަ އެޕިސޯޑްގެ ސީރީޒެކެވެ. އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އާރިޔާ 2 ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން