ކޯވިޑް-19 ގެ "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން ރާއްޖޭގެ ބޯޑަރ ބަންދުކޮށްފިނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވަނީ، ކޯވިޑްގެ އައު ވޭރިއަންޓާއި ގުޅޭގޮތުން އަޅާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް މިއަދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބައްދަލުވުމެއް ބާއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިޢޫލާނު ކުރެއްވެވުމާ ގުޅިގެންނެވެ.
އެމްޑީޕީގެ އިސްބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑާއެކު އުޅުން ނޫންގޮތެއް ދެން ނެތް ކަމަށާއި އަނެއްކާވެސް ބޯޑަރ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުންބޮޑު ވިސްނުމަކަށް ކަމަށެވެ.
ކޯވިޑުގެ ނުރައްކާތެރި އައު ވޭރިއަންޓެއް ފެނުނުކަން ދުނިޔޭގެ ސިއްޙަތު ޖަމީއްޔާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މި ވޭރިއަންޓަކީ ކަންބޮޑުވާންޖެހޭ އެއްޗެއްގެ ގޮތުގައި ބެލުމަށް އެ ޖަމިއްޔާއިން ވަނީ އަންގާފައެވެ.
ރައީސް ސާލިހު މިއަދު ވިދާޅުވީ ކޯވިޑްގެ އައު ވޭރިއަންޓަކީ ކަންބޮޑުވުމެއްކަމަށެވެ. އަދި މި ހަފްތާއިން ފެށިގެން ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި އެއަރޕޯޓްގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކޯވިޑްގެ ބޫސްޓަރ ޑޯޒްދޭން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އަންނަމަހުގެ މެދުތެރެއިން ފެށިގެން އާއްމުންނަށްވެސް ކޯވިޑްގެ 3 ވަނަ ޑޯޒް ދިނުމަށް ނިންމާފައިވާކަމަށް ރައީސް މިއަދު ވަނީ ހާމަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު