އަންނަ ޖެނުއަރީ މަހު ރިލީޒްކުރާ ފިލްމް "އާރްއާރްއާރް" އާއެކު ފެނިގެންދާނީ އާލިޔާގެ މުޅި ކެރިއަރގައި ވެސް އޭނާ ކުޅުނު އެންމެ ކުރު ރޯލު ފެނިގެންދާ ފިލްމަށެވެ.

ފިލްމް އާރްއާރްއާރަށް އާލިޔާ ކުޅެފައިވާ ރޯލު ކިތަންމެ ކުޑަޔަސް، އާލިޔާއަށް މިއީ މައްސަލައަކަށް ނުވެއެވެ. ސަބަބަކީ އާރްއާރްއާރްގެ ޑިރެކްޓަރ އެސްއެސް ރާޖަމޯލީ އަކީ އޭނާގެ "ޑްރީމް ޑައިރެކްޓަރ" ކަމުގައި ވާތީއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖެނުއަރީ 7 ގައި ރިލީޒްކުރާ "އާރްއާރްއާރް" ގައި އާލިއާ ކުޅެފައިވާ ސީތާގެ ރޯލަކީ ގާތްގަނޑަކަށް 20 މިނެޓުގެ ރޯލެކެވެ. ބައެއް މީޑިއާތަކުން ބުނީ ފިލްމުން އާލިއާ ފެންނާނީ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓަށް ކަމަށެވެ.

މި ވާހަކަ ދެކެވެން ފަށާފައި މި ވަނީ އެ ފިލްމުގައި އެކްޓަރު އަޖޭ ދޭވްގަން ކުޅުނު ކެރެކްޓާއަކީ އެންމެ 8 މިނިޓް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމާ އެކުގައެވެ.

މިކަމާ ގުޅޭގޮތުން އާލިޔާ ބުނީ އޭނާ ބޮލީވުޑަށް ނެރެދިނީ ކަރަން ޖޯހަރްކަމަށެވެެ. އެއާއެކު އޭނާގެ ޑްރީމް ޑައިރެކްޓަރުންނަކީ ސަންޖޭ ލީލާ ބަންސާލީ އާއި ރާޖަމޯލީ ކަމަށް އާލިޔާ ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން