މިދިޔަ އަހަރުން ފެށިގެން ރިލީޒްކުރުން ފަސްކޮށްފައި އޮތް ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ ފަސް ވަނަ ފިލްމު "އަތުރަންގީ ރޭ" ޑިޖިޓަލްކޮށް ޕްރީމިއާކުރަން ނިންމައިފި އެވެ.

އާނަންދު އެލް ރައި ޑައިރެކްޓްކޮށްފައިވާ މި މިއުޒިކަލް ރޮމޭންޓިކް ފިލްމު އަންނަ މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރަން ވަނީ ނިންމާފައެވެ. އެގޮތުން މި ފިލްމުގެ ޓްރެއިލާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

އާނަންދަކީ "ތަނޫ ވެޑްސް މަނޫ" އާއި "ރާންޖަނާ" ފަދަ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރެކެވެ.

ފިލްމު "އަތުރަންގީ ރޭ" ގައި ކިޔައިދެނީ ވަރަށް ތަފާތު ލޯބީގެ ވާހަކައެކެވެ. މި ފިލްމުގެ ކާސްޓުގައި ސާރާގެ އިތުރުން އަކްޝޭ ކުމާރާއި މަޝްހޫރު އެކްޓަރ ރަޖްނީކާންތުގެ ދަނބިދަރި ދަނޫޝް ހިމެނެއެވެ.

"އަތުރަންގީ ރޭ" އަކީ ޑިޖިޓަލްކޮށް ޕްރީމިއާކުރާ އަކްޝޭގެ ދެވަނަ ފިލްމެވެ. ޑިޖިޓަލްކޮށް ނެރުނު އަކްޝޭގެ އެންމެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ހޮރޯ-ކޮމެޑީ "ލަކްޝްމީ" އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން