ސަރުކާރުތަކުގައި އަށެގެންފައި އޮތް ކޮރަޕްޝަންގެ ވަބާ ފިލުވާލެވިގެން ނޫނީ އެއްވެސް ކަމަކަށް ހައްލެއް ނުލިބޭނެ ކަމުގައި އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން އަނެއްކާވެސް ފައިސާ ޗާޕުކުރަން ނުވަތަ އެމްއެމްއޭއިން ދަރަނި ނަގަން ނިންމާފައިވާ މައްސަލައަށް އިޝާރާތްކުރަށްވައި ޑރ. އިޔާޒްގެ ކަންބޮޑުވުން ހިއްސާ ކުރަށްވަމުން ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު އަނދަވަޅަކަށް ވެއްޓުނީ ހަމައެކަނި ކޯވިޑްގެ އާލަމީ ވަބާގެ ސަބަބުން ނޫން ކަމަށެވެ. އަދި އެގޮތަށް ބުނުމަކީ ނުވަތަ ސިފަކުރުމަކީ އިންސާފެއް ނޫންކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒު ވިދާޅުވީ ޒަމާނުއްސުރެ ސަރުކާރު ތަކުގައި އޮތް ކޮރަޕްޝަންގެ ވަބާއަކީ އިޤުތިޞާދު އަނދަވަޅަކަށް ވެއްޓެން މެދުވެރިވި އެންމެ ބޮޑު ސަބަބު ކަމަށެވެ.
"އިޤުތިޞާދު އަނދަވަޅަކަށް ވެއްޓުނީ ހަމައެކަނި ކޯވިޑްގެ ހާލަތާއި ގުޅިގެން ކަމަށް ބުނުމަކީ އިންސާފެއް ނޫން. ޒަމާނުއްސުރެ ސަރުކާރު ތަކުގައި އޮތް ކޮރަޕްޝަންގެ ވަބާއަކީ މިކަމުގެ އެންމެ ބޮޑު ސަބަބު." ސަރުކާރު ހިންގުމަށް ފައިސާ ހޯދަން ފައިސާ ޗާޕުކުރާ މައްސަލައަށް އިޝާރާތް ކުރަށްވަމުން މިސަރުކާރު ގެންނަން މަސައްކަތް ކުރެއްވި ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ ކޮރަޕްޝަންގެ ވަބާ ސަރުކާރު ތަކުން ފިލުވާލައިގެން މެނުވީ އެއްވެސް ކަމަކަށް ހަލެއް ނެތް ކަމަށެވެ. އަދި ފައިސާ ޗާޕު ކުރުމަށް ވުރެވެސް ނުރައްކަލީ ވައްކަން ކުރި މީހުންގެ އަތުން އެފައިސާތައް ނުލިބުން ކަމުގައި އިޔާޒް ވިދާޅުވިއެވެ. އަދި މިހާރުވެސް ވައްކަން ކުރާ ބަޔަކު ބިރެއްނެތި ވައްކަން ކުރަމުން ގެންދާ ކަމަށް ޑރ. އިޔާޒު ތުހުމަތު ކުރެއްވިއެވެ.
ބަޖެޓަށް ފައިސާ ހޯދުމަށް އިތުރަށް ފައިސާ ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން ދަރަންޏަށް ފައިސާ ނެގުމުގެ ހުއްދަ އެއްއަހަރު ދުވަހަށް އިތުރުކޮށްދިނުމަށް ސަރުކާރުން އެދުމުން ރައްޔިތުންގެ މަޖިލީހުން ވަނީ އެކަމަށް ހުއްދަ ދީފައެވެ. އަދި އޯވަޑްރޯ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް އިތުރު ކުރުމަށް ނުވަތަ އެއަދަދަށް ފައިސާ ޗާޕުކުރުމަށް މަޖިލީހުން ވަނީ ހުއްދަ ދީފައެވެ.
މާލީ ތަޖުރިބާކާރުންނާއި އިދިކޮޅު ސިޔާސީ ބޭފުޅުންގެ މެދުގައި ބަހުސް ކުރެވެމުންދާ މިމައްސަލައިގައި ގިނަ ބަޔަކު ބުރަވަނީ މިކަމުގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވެ ކަންބޮޑުވާ ހިސާބަށް ހިގައިދާނެ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ފިނޭންސް މިނިސްޓަރ ވިދާޅުވަމުން ގެންދަނީ މިވަގުތު ފައިސާ ޗާޕު ނުކޮށްފި ނަމަ ނޫނީ އޯވަޑްރޯ ނުކޮށްފި ނަމަ ރާއްޖޭގެ އިޤުތިޞާދަށް މާބޮޑަށް ލޮޅުންއަރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު