ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބަންގްލަދޭޝަށް މިރޭ ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނު ބަންގްލަދޭޝަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. ބަންގްލަދޭޝަށް އެ މަނިކުފާނު ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
އެގޮތުން އެމަނިކުފާނަށް ޑާކާއިން މަރުހަބާ ދަންނަވާނީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ އޭ.ކޭ. ޢަބްދުލް މޮމެން ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައިވެއެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި ޑރ. މޮމެން ރޭގަނޑުގެ ހާއްސަ ފަރިއްކޮޅެއް ވެސް ބާއްވަން ވަނީ ނިންމަވާފައެވެ.
މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދާއި ނައިބް ރައީސް ބައްދަލުކުރައްވާނެވެ. އަދި އެ ގައުމުގެ ހާރިޖީ ވަޒީރާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. ދީޕޫ މޯނީގެ އިތުރުން އޮވަސީސް އެމްޕްލޯއިމެންޓް މިނިސްޓަރ އިމްރާން އަހްމަދާއި ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި ބަންގްލަދޭޝްގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާވެސް ނައިބު ރައީސް ބައްދަލުކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު