ހުޅުމާލޭ ފޭސް ދޭކުން ދުވަސްވީ މީހެއްގެ އަތުން ފޯނާއި ވޮލެޓް ފޭރިގަތުމުގެ ތެރޭގައި އެމީހާއަށް އަނިޔާވެއްޖެއެެވެ.

ފުލުހުންގެ އިދާރާއިން ބުނީ 85 އަހަރުގެ ދިވެހި ފިރިހެނެއްގެ ފޯނާއި ވޮލެޓް ފޭރުނު މައްސަލައެއް އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެެވެ.

ދުވަސްވީ މީހާގެ ފޯނާއި ވޮލެޓް ފޭރިގަނެގެން ދިޔައިރު އެ މީހާއަށް އެކި ވަރުގެ އަނިޔާތައް ވެސް ވަނީ ލިބިފައެެވެ. އެ ދުވަހު ކަންތައް ހިނގައިދިޔަ ގޮތް ކިޔައިދެމުން އެމީހާ ބުނީ އޭނާ ކޮށްޕާލާފައި ވޮލެޓް ހިފައިގެން ބަޔަކު ދުއްވައިގަތީ ކަމަށެވެ. އަދި ކަނާތުގެ ބޮޑު ބައެއް ނޫފައިގަނެ، ކޮނޑު ކައިރިން ތަންކޮޅެއް ކަނޑައިގެންދިޔައީ ފޭރުނު މީހާ، އޭނާ ކޮއްޕާލި ވަގުތު ފާރުގެ ކަނެއްގައި ގޮސް ޖެހުމުން ކަމަށް އޭނާ ބުނެ އެެވެ. ޝޯޝަލް މީޑިޔާގައި ދައުރުވާ ފޮޓޯތަކުން ފެންނަގޮތުގައި އޭނާގެ އަތް އޮތީ ވަރަށް ބޮޑަށް ނޫފައިގެންފަ އެވެ.

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ތަކުގެ ސިޑިގޮޅިތަކާއި ސިޑި މަތީގައާއި މީހުން ނޫޅޭ ފަންގިފިލާތަކުގައި ޑްރަގް ބޭނުންކުރާ މީހުންނާއި ވިއްކާ މީހުންނާއި ކުށުގެ ވެށީގައި ހިމެނޭ ގިނަ ބަޔަކު ނިދައި ކައިބޮއި ހަދާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިފަދަ މީހުންގެ އުނދަގޫ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ކުރަމުންދާކަމުގެ ޝަކުވާ ވެސް އެމީހުން އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު