ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ 40 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިއަދު ވިދާޅުވެއްޖެެެއެެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިހެން ވިދާޅުވީހޯމް މިނިސްޓްރީއާއި ފުލުހުންގެ އިދާރާ އަދި ކަރެކްޝަންސް ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ ފުރަތަމަ އެސެސްމަންޓުން ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ 40 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި ރިސްކް އެސެސްމެންޓް އެއްކޮށް ނިންމާލައި އެ މީހުންނަށް ހާއްސަ ޔުނިޓަށް ބަދަލު ކުރެވޭނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން ހަރުކަށި ފިކުރުގެ މީހުން ރިހެބިލިޓޭޓު ކުރުމަށް އެ މީހުންނަށް ހާއްސަ ޕްރޮގްރާމުތައް މިހާރު އެކުލަވާލާފައިވާ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ މީހުން އެކަހެރި ކުރުމަށް 100 މީހުންގެ ޖާގައިގެ ޔުނިޓެއް ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. ޖަލުތަކުގައި ޖާގައިގެ ދަތިކަން ދިމާވެފައި އޮތުމަކީ އެތަންތަނުގައި ހަރުކަށި ފިކުރު ފަތުރާ މީހުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި އެކަން ހައްލު ކުރުމަށް ހަރުކަށި ފިކުރު ފަތުރާ މީހުން ލާނެ އެކަހެރި ޔުނިޓެއް ހެދީ ކަމަށް އޭނާ ވިދާޅުވިއެެވެ. ސީޕީ ވިދާޅުވީ އެ ޔުނިޓުގައި ބައިތިއްބަން ޖެހޭ މީހުން ދެނެގަތުމަށް ޖަލުތަކުގައި ތިބި މީހުންގެ ނުރައްކާތެރިކަން ބެލުމަށް ރިސްކް އެސެސްމެންޓު ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ހަރުކަށި ފިކުރު ފަތުރާ މީހުން ވަކި ތަނަކަށް ބަދަލުކުރާއިރު އެ މީހުން ބަލަހައްޓަން ހަމަޖައްސާ މުވައްޒަފުންނަށް ވެސް އެކަމަށް ހާއްސަ ތަމްރީނު ވެސް މިހާރު ވަނީ ދީފައެވެ. އަދި އެފަދަ މީހުންނާ މެދު އަމަލު ކުރާނެ ގޮތުގެ އެސްއޯޕީއެއް ނުވަތަ އުސޫލެއް ވެސް އެކުލަވާލާނެ ކަމަށް ކަރެކްޝަން ސާވިސުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު