އިންޑިއާއާއެކު ދިވެހި ސަރުކާރުން ގާއިމް ކޮށްފައިވާ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފިއެވެ.
އިންޑިއާއާއެކު ގާއިމް ކޮށްފައިވާ ތިން އެއްބަސްވުމެއް ދިރާސާކުރަން މަޖިލީހުގެސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހުށައަޅުއްވާފައިވަނީ އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އޭގެތެރޭގައި ހިމެނެނީ މާލެ އަތޮޅު އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ގާއިމް ކުރުމުގެ އެއްބަސްވުމާއި، ހދ. ހަނިމާދޫގައި އޮންނަ އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި އޮޕްރޭޓް ކުރާނެ ގޮތުގެ އެއްބަސްވުމާއި، ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާ ކުރަން އިންޑިއާއަށް ދިނުމުގެ އެއްބަސްވުންތަކެެވެ.
މިއަދު ބޭއްވި މަޖިލީހުގެސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ވަނީ އެއެއްބަސްވުންތައް ދިރާސާ ކުރުމަށްފަހު ރިޕޯޓް އެކުލަވާލާފައެވެ. އެ އެއްބަސްވުންތަކުގައި ގޯހެއް ނެތް ކަމަށް ނިންމާފައިވަނީ އެކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި 7 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި އެއްބަސްވުންތަކުގެ ހާޑް ކޮޕީއެއް ކޮމިޓީގެ މެންބަރުންގެ އަތަށް ދޫކުރަން ޑިފެންސް މިނިސްޓްރީއަށް އަންގަން އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ ކޮމެޓީއަށް ހުށައަޅުއްވާފައެވެ. އެހެން ނަމަވެސް އެގޮތަށް ފާސްވެފައެއް ނުވެއެވެ. އެއްބަސްވުން ތަކުގައި މައްސަލައެއް ނެތް ކަމަށް ނިންމީ ގައުމީ ސަލާމަތީ ބާރުގެ ވެރިންނާއި ޑިފެންސް މިނިސްޓަރ ކޮމިޓީއަށް ހާޒިރުކުރުމުން އެބޭފުޅުން ކޮމިޓީއަށް ދެއްވި މައުލޫމާތު ތަކުގެ މައްޗަށް ބުރަވެއެވެ.
އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތްކަން ނިއްމައިފައިވާއިރު އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާއެކު ހަދާފައިވާ ކަމަށްބުނާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ "މިނިވަންކަމުގެ ދިފާޢުގައި ދިވެހިން"ގެ ނަމުގައި ސިލްސިލާ ހަރަކާތެއް އިދިކޮޅު ކޯލިޝަނުން ވަނީ ފަށާފައެވެ. އެގޮތުން އެހަރަކާތުގައި އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި ބޮޑެތި ހިނގާލުން ތަކެއް ބާއްވާފައެެވެ. އެހަރަކާތަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން ދިރާސާކުރުން pic.twitter.com/3s8r3nvAIu
— People's Majlis (@mvpeoplesmajlis) November 21, 2021
މި އެއްބަސްވުންތަކުގެ ހާޑް ކޮޕީއެއް ކޮމިޓީގެ މެންބަރުންގެ އަތަށް ދޫކުރަން ޑިފެންސް މިނިސްޓްރީއަށް އަންގަން އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ ކޮމެޓީއަށް ހުށައަޅުއްވާފައެވެ. އެހެން ނަމަވެސް އެގޮތަށް ފާސްވެފައެއް ނުވެއެވެ. އެއްބަސްވުން ތަކުގައި މައްސަލައެއް ނެތް ކަމަށް ނިންމީ ގައުމީ ސަލާމަތީ ބާރުގެ ވެރިންނާއި ޑިފެންސް މިނިސްޓަރ ކޮމިޓީއަށް ހާޒިރުކުރުމުން އެބޭފުޅުން ކޮމިޓީއަށް ދެއްވި މައުލޫމާތު ތަކުގެ މައްޗަށް ބުރަވެއެވެ.
އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތްކަން ނިއްމައިފައިވާއިރު އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާއެކު ހަދާފައިވާ ކަމަށްބުނާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ "މިނިވަންކަމުގެ ދިފާޢުގައި ދިވެހިން"ގެ ނަމުގައި ސިލްސިލާ ހަރަކާތެއް އިދިކޮޅު ކޯލިޝަނުން ވަނީ ފަށާފައެވެ. އެގޮތުން އެހަރަކާތުގައި އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި ބޮޑެތި ހިނގާލުން ތަކެއް ބާއްވާފައެެވެ. އެހަރަކާތަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު