ގެއެއް ބަލާފާސްކުރިއިރު އިންވެންޓްރީ ނުވަތަ ލިސްޓެއް ނެތްކަމަށްބުނެ މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިމް ޝަމީމް ވިދާޅުވީ ގއ. ދާންދޫ، މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާކުރި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މުޅި މައްސަލައިގެ މައުޟޫއަށް އަސަރު ނުކުރާ ނަމަ އިޖުރާއަތު ގޯސްވިޔަސް މައްސަލަ ބަލައިގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.
"ޕީޖީ އޮފީހާއި މުއްތަހަމާ ވެވުނު އެއްބަސްވުމެއްގެ ދަށުން ޙުކުމް ކުރި މައްސަލައެއް. އެއްބަސްވުމުގެ ސަބަބުން، ކޯޓުގެ އެއްބާރުލުމާއެކު، ޝަރީޢަތުގެ ވަގުތު ސަލާމަތްވެ، އިންޞާފު ޤާއިމުކުރުމަށް ފަސޭހަވި. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނަ އިޞްލާޙާއެކު މިއުޞޫލު ފުޅާކޮށް ހަރުދަނާ ކުރެވޭނެ." ޕީޖީ ވިދާޅުވިއެވެ.
ގއ. ދާންދޫ، މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާކުރި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމީ އެކަމުގައި ފުލުހުން އެމައްސަލައިގައި ޤާނޫނީ އިޖުރަޢާތްތައް ފުރިހަމަކޮށްފައިނުވާތީއެވެ. އެގޮތުން އޭނާގެ ވެހިކަލާއި އޭނާގެ ގެ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް 135 ގްރާމުގެ ޑްރަގް ފެނުނުނަމަވެސް މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުމުގެ މަރުހަލާގައި ދައުވާ ރައްދުވާ ފަރާތުން ވަނީ އޭނާގެ ސައިކަލާއި ގެ ބަލައި ފާސްކުރި އިރު ފުލުހުން ގެންދިޔަ ތަކެތީގެ ލިސްޓެއް އޭނާއަށް ނުދޭ ކަމަށް ބުނެފައެވެ. އަދި އެފަދަ ލިސްޓެއް ފުލުހުން އެކުލަވާލާފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ގާޒީ ހަސަން ސައީދު މިދިޔަ އަންގާރަ ދުވަހު ކުރެއްވި ހުކުމުގައި ފާހަގަކުރެއްވީ ކޯޓު އަމުރުގެ ދަށުން ތަންތަން ބަލައި ފާސްކުރާއިރު އެތަންތަނުން ނެގޭ ތަކެތީގެ އިންވެންޓްރީއެއް، އެ ތަކެތީގެ ވެރިފަރާތް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތެއްގެ ހާޒިރުގައި އެކުލަވާލަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެވެ. އަދި އެ މީހާއަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތަކަށް އެ އިންވެންޓްރީގެ ކޮޕީއެއް ދޭން ވާނެ ކަމަށް އޮންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު