ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވިސްނުންފުޅުން އިސްލާމީ ތަރުބިއްޔަތަށް އެމަނިކުފާނު ދެއްވާ އަހައްމިޔަތު ފެނިވަޑައިގަންނަވާކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް ކީރިތި ގުރްއާނުގެ އަހްލާގުން ހައްލު ލިބެން އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެނެވެ. ރައީސް ސާލިހު މިހެން ވިދާޅުވީ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައިރޭ ވާހަކަފުޅުދައްކަވަމުންނެވެ.





ރައީސް ސާލިހުގެ ވާހަކަފުޅާއި ގުޅިގެން ކުރީގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވަނީ ރައީސް ސާލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

އަލްހާން ވިދާޅުވީ ރައީސް ސާލިހު ކީރިތި ގުރުއާންގެ އަލީގައި މުޖްތަމަޢު އިޞްލާޙު ކުރެއްވުމުގެ ވިސްނުންފުޅު ފާޅުކުރެއްވުމަކީ އެމަނިކުފާ އިސްލާމީ ތަރުބިއްޔަތަށް ދެއްވާ އަހައްމިޔަތު ހާމަވާކަމެއްކަމަށެވެ.

"‏ރައީސް ޞާލިޙު ކީރިތި قران ގެ އަލީގައި މުޖްތަމަޢު އިޞްލާޙު ކުރެއްވުމުގެ ވިސްނުންފުޅު ފާޅު ކުރެއްވުމަކި އެމަނިކުފާ އިސްލާމީ ތަރުބިއްޔަތަށް ދެއްވާ އަހައްމިޔަތު." އަލްހާންގެ ޓްވީޓުގައި ވިދާޅުވިއެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، ގުރުއާނާބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ މި އިލްމުގެ ދާއިރާ ފުޅާ ކުރެވިގެން ކަމަށެވެ. އެގޮތުން މިހާރު ހަމައެކަނި ގުރުއާން ޓީޗަރުންނާއި ހާފިޒުންނާއި އަދި އިމާމުން އުފެއްދުމަށް ވުރެ، ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ދައުރު ވެސް މިހާރު މާ ބޮޑަށް ފުޅާކުރަން ވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ގުރުއާނާބެހޭ މަރުކަޒު މިހާރަށްވުރެ ކުރިއަރުވައި، ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު