އަހުމަދު މަސްނޫމް   21 ނޮވެމްބަރު 2021 - 9:42
ށ. ފޭދޫ ބަނދަރު ފުންކުރުމުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

މިމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާކަމަށެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނޭކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢަކީ 33.1 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު