ޕްރައިވެޓް ޔުނިވަރސިޓީ ހިންގުމުގެ ހައްގު ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ހަޔަ އެޑިއުކޭޝަން ކައުންސިލުގައި އަމިއްލަ ކޮލެޖްތައް ތަމްސީލް ކުރައްވާ ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެެވެ.
އެކަމާ ގުޅިގެން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ، ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެެނެވިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއިރު ޕްރައިވެޓް ޔުނިވަރސިޓީ ހިންގުމުގެ ހައްގު ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއެއް ހިންގައި، މާސްޓާ ޕްލޭނެއް އެކުލަވާލައިފައިވީ ނަމަވެސް ސަރުކާރުން އެ މާސްޓާ ޕުލޭނަށް ވެސް އަމަލު ނުކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ހަޔަރ އެޑިއުކޭޝަން ހިންގާ ކޮލެޖްތައް ތަފާތުކުރުން ބޮޑުކަން ފާހަގަކުރެވޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"މި ސަރުކާރުހާ ޕްރައިވެޓް ހަޔާ އެޑިއުކޭޝަނާއި ދުރު ސަރުކާރެއް އަހަރެންގެ ހަޔާތުގައި ތަޖުރިބާ ނުކުރެވޭ، ކޯލިޝަން ޕާޓްނަރުން ރުއްސަން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަން ސާބިތުވޭ." ޝަރީފް ވިދާޅުވިއެެވެ.
2019 ވަނަ އަހަރުގެ ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސާލިޙު ވިދާޅުވީ ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި ދަރިވަރުންނަށް ފާގަތި މުސްތަގްބަލެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

މިސަރުކާރުހާ ޕްރައިވަޓް ހަޔާއެޑިއުކޭޝަނާ ދުރު ސަރުކާރެއް އަހަރެންގެ ހަޔާތުގައި ތަޖުރިބާ އަދި ނުކުރެވޭ، ކޯލިޝަން ޕާޓުނަރުން ރުއްސުވަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ސާބިތުވޭ، އަދި ހަޔާއެޑިއުކޭޝަން ހިންގާ ކޮލެޖުތައް ތަފާތުކުރުން ބޮޑުކަން ފާހަނގަކުރެވޭ https://t.co/ADN0qxY3MO
— Shareef (@shar_f) November 19, 2021
"މި ސަރުކާރުހާ ޕްރައިވެޓް ހަޔާ އެޑިއުކޭޝަނާއި ދުރު ސަރުކާރެއް އަހަރެންގެ ހަޔާތުގައި ތަޖުރިބާ ނުކުރެވޭ، ކޯލިޝަން ޕާޓްނަރުން ރުއްސަން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަން ސާބިތުވޭ." ޝަރީފް ވިދާޅުވިއެެވެ.
2019 ވަނަ އަހަރުގެ ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސާލިޙު ވިދާޅުވީ ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި ދަރިވަރުންނަށް ފާގަތި މުސްތަގްބަލެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު