މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ސިއްހީ ދާއިރާއިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރޭ ވިދާޅުވެއްޖެއެެވެ.
ދައުލަތުގެ މީޑިޔާގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން އަމާޒު ކުރި މިންވަރަށްވުރެ ރަނގަޅަށް ސިއްހީ ނިޒާމްގެ ކަންކަން ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސިއްހީ ވަސީލަތްތައް ގާއިމްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން އެމަސަައްކަތް ކޮށްފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ. ކޮވިޑުގެ ބަލިމަޑުކަމާއި ރާއްޖެ ކުރިމަތިލާން ނުޖެހުނުނަމަ މި ސަރުކާރުން ސިއްހީ ދާއިރާގެ ތަރައްގީއަށް ވެފަައިވާ ވައުދުތަކުގެ ވަރަށް ބޮޑު ބައެއް މި މިވޭތު ދިޔަ ތިން އަހަރުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.
"ކޮވިޑުގެ ބޮޑު ސްޕެރެޑެއް އުޅެން ފެށި ހިސާބުން ސަރުކާރުގެ ވަރަށް ބޮޑު ސަމާލު ކަމެއް އޮތީ ސިއްހީ ނިޒާމްގެ ތެރެއިން ކުރަން ހުރި ކަންކަން އަވަހަށް ކޮށް ނިއްމުމަށް، ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކުރިއަށް ޖެހުނު ދާއިރާއެއް ކަމަށް އަޅުގަނޑަށް ފެނުނީ ސިއްހީ ދާއިރާ،" ހަސަން ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތިން އަހަރު ވެގެންދިޔައިރު އެ އަހަރު ތަކުގެ ތެރޭގައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ޔާމީންގެ ސަރުކާރުން ރައްޔިތުންނާއި މެދު ކަންތައްތައް ކުރަމުންދިޔަ ގޮތާއި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ގެއްލިގެންދިޔަ ވާހަކަތައް މިއަދު ރައްޔިތުންގެ ހަދާނުގައި ނެތް ކަމަށް ހަސަން ވިދާޅުވިއެެވެ.
އެކަން ރައްޔިތުންގެ ހަދާނުގައި ނެތީ މި ސަރުކާރު އައިސް، ކުރީ ސަރުކާރުން ހެދި ގޯސްތައް ރަނގަޅުކޮށް، އޭރު ގެއްލުނު ހައްގުތައް ހޯދާ ދިނުމުން ކަމަށް ހަސަން ވިދާޅުވިއެވެ. ކުރީ ސަރުކާރުން ފުނޑުފުނޑުކޮށްލި ލާމަރުކަޒީ ނިޒާމު އަލުންއަނބުރާ ގެނެވިފައިވާ ކަމަށާއި، މިތިން އަހަރު ތެރޭގައި ޝަރުއީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ވެސް ހަސަން ވިދާޅުވިއެވެެ.
ކުރިން ކޯޓުތަކުން ހުކުމް ކުރި ގޮތަށް ހުކުމްތައް ކުރަމުންދާ ވާހަކައެއް މި ތިން އަހަރު ތެރޭގައި އަޑު އިވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބެން ފަށާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު