ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތްކުރަމުންދާ މިންވަރާއި ގުޅޭގޮތުން މީޑިއާއަކަށް މައުލޫމާތުދެއްވަމުން މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މުޅިން އެހެން ހަރުފަތަކަށް ގެންދިއުމަށް ރައީސް ސާލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދައި، މިދައުރު ނިމޭއިރު އިތުރު 35،000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެކަމަށެވެ.
މައުސޫމް ވިދާޅުވީ އެނދު އިތުރުކުރުމާއެކު، ފަތުރުވެރިކަމުގެ އައު ޕްރޮޑަކްޓްތައް ބާޒާރަށް ތައާރަފްކޮށް، ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ސަރުކާރުން ކުރާ މަސައްކަތުގެ މަޤްސަދަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާ ފޯރުކޮށްދިނުންކަމަށް މައުސޫމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހޯމްސްޓޭ ތައާރަފުކޮށްލުމާއެކު ރާއްޖެ މުއްސަދިކޮށްލާނެ. ފަތުރުވެރިކަމުން ދިވެހިން ހެއްވާލާނެ. އެއީ އަޅުގަނޑުމެން މިދާ މިސްރާބަކީ." މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޭރުގެ އިންވެސްޓަރުންގެ ޝަޢުޤުވެރިކަން އެބައޮތްކަމަށާއި ދުބާއީ އެކްސްޕޯގައި ހުޅުވާލި 18 ރަށަށްވެސް ބޮޑު ޑިމާންޑެއް އޮންނާނެކަމަށެވެ. އަދި ގިނަ ރިސޯޓްތަކެއް ހަދައިގެން ޓޫރިސްޓުންގެ އަދަދު އިތުރުވެގެން ނޫނީ ކުރިއަށް ދެވެން ނެތްކަމަށް މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރ މައުސޫމް ވިދާޅުވީ ރިސޯޓް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލަކަށް މަގުފަހިވާނޭކަމަކަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރާނެކަމަށާއި، މިނިސްޓްރީ ހިނގާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އަޑިއަޅާލިނަމަވެސް އަަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ހިސާބަށް މަޑުމަޑުން އެބަދެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރު ނިމޭއިރު ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެއެވެ. އަދި އަންނަ އަހަރު 1.5 މިލިއަނާއި 1.8 މިލިއަނާއި ދެމެދުގެ އަދަދަކަށް ފަތުރުވެރިން އަންނާނެކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު