މަރިޔަމް ލައިޝާ   20 ނޮވެމްބަރު 2021 - 14:29
މަޝްހޫރު ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަންގެ އާ ފިލްމު "ބޮބް ބިސްވާސް" އަންނަ މަހުގެ 3 ގައި ޒީ 5 ގައި ޕްރީމިއާކުރާ ގޮތަށް ނިންމައިފިއެވެ.

މި ފިލްމުގެ ޓްރެއިލަރ މިހާރު ވަނީ ނެރެފައެވެ. މި ފިލްމަކީ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. "ބޮބް ބިސްވާސް" އަކީ ޑައިރެކްޓަރު ދިޔާ އައްނަޕޫރްނާ ގޯޝް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމު ބޮބް ބިސްވާސް އަކީ 2012 ގައި ވިދިޔާ ބާލަންއާއެކު ގެނެސްދިން "ކަހާނީ" ގައި މަޝްހޫރު ބެންގާލީ އެކްޓަރު ސަސްވަތާ ޗެޓަޖީ ކުޅުނު ނުރައްކާތެރި ކެރެކްޓާ ބޮބް ވިސްވާސް އިން ކުރިފަޅުވައިގެން ހަދާފައިވާ ފިލްމެކެވެ.

އަބީޝެކްގެ މި ފިލްމު ޑިޖިޓަލްކޮށް ޕްރީމިއާ ކުރަން ވަނީ ނިންމާފައެވެ. އަބީޝެކްގެ ކުރިއަށްހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ދާސްވީ" ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން