ސަރުކާރުން ކަންކަން ލާމަރުކަޒުކޮށް ކުރިޔަށްގެންދިއުމަށް މަގުފަހިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައި އެކަމަށް މަސައްކަތް ކުރަމުންގެންދާ ކަމުގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޯރަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ހޯރަފުށީ ކައުންސިލުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ވަނީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަހަށް ފެށިގެންދިއުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށޭނެގޮތްވުން މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ހޯރަފުށީ ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އެތަނުގެ ޚިދުމަތްދިނުމުގައި އެންމެ ދަތިވާ މައްސަލަތަކާއި މިހާރުން މިހާރަށް ޙައްލުކުރަންޖެހޭ މައްސަލަތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ހއ. އަތޮޅު ސްކޫލުގެ ފަރާތުން ވެސް ވަނީ ސްކޫލަށް ޢުމްރާނީގޮތުންނާއި އިންސާނީ ވަޞީލަތުގެ ގޮތުން ބޭނުންވާ މުހިންމުކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުއައްސަސާތަކުން ލާމަރުކަޒީކޮށް ކަންކަން ކުރަން މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބައްދަލުކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީވެސް ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި ޚިދުމަތްތައް ހަރުދަނާކުރުމަށް މަގު ފަހިކުރުންކަމުގައެވެ. އެގޮތުން ކައުންސިލުން ހުށަހެޅުއްވި ކަންކަން ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިޔަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Vice President @FaisalNasym meets with Hoarafushi Council, WDC, and representatives from Haa Alif Atoll Education Centre and Hoarafushi Health Centre pic.twitter.com/ITilDWx3rj
— The President's Office (@presidencymv) November 19, 2021
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުއައްސަސާތަކުން ލާމަރުކަޒީކޮށް ކަންކަން ކުރަން މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބައްދަލުކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީވެސް ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި ޚިދުމަތްތައް ހަރުދަނާކުރުމަށް މަގު ފަހިކުރުންކަމުގައެވެ. އެގޮތުން ކައުންސިލުން ހުށަހެޅުއްވި ކަންކަން ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިޔަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު