ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ހިމެނޭ މައްސަލައެއްގައި ފުލުހުން އަމަލުކުރި ގޮތުން އެމައްސަލައިގައި ދައުވާ އުފުލި މީހާ ސަލާމަތްވެއްޖެއެވެ.
މިމައްސަލައަކީ 2017 ވަނަ އަހަރު މާލޭގެ ގެއަކާއި ފިހާރައެއް ފާސް ކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ. މިމައްސަލައިގައި ދައުވާކޮށްފައިވަނީ ބަންގްލަދޭޝް މީހެއްގެ މައްޗަށެވެ.
މިމައްސަލައިގައި ބިދޭސީ މީހާ ކުށަށް އިއުތިރާފްވިނަމަވެސް އޭނާ ކޯޓުގައި ބުނީ ފުލުހުން އޭނާއަށް ބިރު ދައްކައިގެން އެއްބަސްކުރުވީ ކަމަށެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ބުނީ މަސްތުވާތަކެތި އަތުލައިގަތުމަށްފަހު ޗެއިން އޮފް ކަސްޓަޑީ އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު މަސްތުވާތަކެތި އަތުލީ ކާކު ކަމެއް އަދި އެ ތަކެތި ތަހުލީލުކުރީ ކާކުކަންވެސް ނޭނގޭކަމަށެވެ. އެހެންކަމުން އެ މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތި ލެބޯޓްރީއާ ހަމައަށް ގެންދިޔަކަމާމެދު ޝައްކު އުފެދޭކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޗެއިން އޮފް ކަސްޓަޑީ ނެތް ނަމަ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށާއި އެހެންކަމުން އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާކަމަށެވެ.
މިމައްސަލައިގައި ދައުވާ ލިބުނު މީހާ ސަލާމަތްވެފައިވާއިރު، މިމައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރުމާމެދު ގޮތެއް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު