ރާޖުކުމާރު ރާއޯއާއި އަންހެނުން ޕަތްރަލިކާ
ރާޖުކުމާރު ރާއޯއާއި އަންހެނުން ޕަތްރަލިކާ
ބޮލީވުޑްގެ ތަރި ރާޖުކުމާރު ރާއޯ 11 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާ ޕަތްރަލިކާއާ ކައިވެނިކޮށްފިއެވެ.

ހޯމަ ދުވަހު ރާޖުކުމާރު ރާއޯ ކައިވެނިކޮށްފައިވާއިރު، މި ހަފްލާ ބޭއްވީ ދެފަރާތުގެ އާއިލާއާއި، ގާތް ރަހުމަތްތެރިންގެ ހާޒިރުގައެވެ. އަދި މި ކައިވެނި ވެގެންދިޔައީ ސަގާފީ ކައިވެނި ހަފްލާއަކަށެވެ. މި ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ނިއު ޗަންދީގަރުގެ އޮބެރޯއީ ސުކްވިލާސް ސްޕާ ރިސޯޓްގައެވެ.

ކައިވެނިކުރުމަށްފަހު ރާޖުކުމާރު އިންސްޓަގްރާމްގައި އާއްމުކުރި ފޮޓޯގައި ބުނެފައިވަނީ، 11 އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާއާ ކައިވެނިކުރެވިއްޖެކަމަށެވެ. އަދި ޕަތްރަލިކާގެ ފިރިމީހާއަށް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ރާޖުކުމާރު ވަނީ ބުނެފައެވެ.

ހަމަ މިފަދައިން، ކައިވެންޏަށް ފަހު ޕަތްރަލިކާވެސް ވަނީ އިންސްޓަރގްރާމްގައި ކައިވެނީގެ ފޮޓޯއެއް އާއްމުކޮށްފައެވެ. މި ފޮޓޯގައި، ރާޖުކުމާރުގެ އަނބިމީހާއަށް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ޕަތްރަލިކާވެސް ވަނީ ބުނެފައެވެ.

ރާޖްކުމާރާއި ޕްތްރަލިކާ އެންގޭޖްވެފައިވަނީ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. މި ހަފްލާގެ ވީޑިއޯ ސޯޝަލް މީޑިޔާއަށް ދޫކޮށްލާފައިވާއިރު، މިއީ ގިނަ ބައެއްގެ ލޯތައް އަމާޒުވި އެންގޭޖްމަންޓް ހަފުލާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން