މަޝްހޫރު ނެޝުންތެރިޔާ ނޯރާ ފަތޭހީ
މަޝްހޫރު ނެޝުންތެރިޔާ ނޯރާ ފަތޭހީ
ބިޒީ ޝެޑިއުލްއަކާ އެކުވެސް ސައިފްގެ ފިލްމް "ސަތްޔަމެވް ޖައިތެ-2" އިން ކުޅަދާނަ ނެޝުންތެރިޔާ ނޯރާ ފަތޭހީގެ ތަފާތު ފެނިލުމެއް ބެލުންތެރިންނަށް ފެނިގެނަދާނެކަމަށް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނޯރާގެ ތަފާތު ފެނިލުމެއް ފެނިގެންދާނީ މި ފިލްމުގައި ހިމެނޭ ލަވައަކުންނެވެ. ނޯރާގެ ތަފާތު ފެނިލުމެއް ފެނިގެންދާ މި ލަވައިގެ ނަމަކީ "ކުސު ކުސު" އެވެ. މައުލޫމާތު ލިބޭ ގޮތުގައި 48 ގަޑިއިރު ތެރޭގައި ޝޫޓްކޮށް ނިންމަން ޖެހޭ މި ލަވަ ނޯރާ ވަނީ 37 ގަޑިއިރު ތެރޭގައި ޝޫޓްކޮށް ނިންމާފައެވެ.

އެގޮތުން މި ލަވަ ޝޫޓްކޮށް ނިންމުމަށް ނޯރާއަށް ލިބުނީ ދެ ދުވަހުގެ މަދު ވަގުތުކޮޅެކެވެ. އެހެންކަމުން ލަވަ ޝޫޓްކުރި ފުރަތަމަ ދުވަހު ނޯރާ ވަނީ ބްރޭކަކާ ނުލާ ސީދާ 15 ގަޑިއިރު ޝޫޓްކޮށްފައެވެ. އަދި، ދެވަނަ ދުވަހު ކުޑަ ބްރޭކަކާއެކު އޭނާ ވަނީ 22 ގަޑިއިރު މި ލަވަ ޝޫޓްކުރުމަށް ހޭދަކޮށްފައެވެ.

މީގެ ކުރިން ވެސް ނޯރާ ނަށާފައިވާ ލަވަތައް ވެގެން ގޮސްފައި ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ދިޔަ ލަވަތަކަކަށެވެ. އޭގެ ތެރޭގައި، "ސާކީ ސާކީ" އަދި "ގަރްމީ" ވެސް ހިމެނެއެވެ. މިއާއެކު ނޯރާގެ "ކުސު ކުސު" ވެސް ބެލުންތެރިންގެ މެދުގައި ވަރަށް ހިނގާނެ ލަވައަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން