ސްޕެޝަލް އެންވޯއި ފޯރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހިމް ނޫރައްދީން (ވ)
ސްޕެޝަލް އެންވޯއި ފޯރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހިމް ނޫރައްދީން (ވ)
ގުޅިފައިވާ އަމިއްލަ ފަރާތްތަކަށް ފަންޑު ހޯދައިދިނުމަށް ރާއްޖެ ގުރުބާން ނުކުރެއްވުމަށާއި ރާއްޖޭގެ މާހައުލަކީ މިހާރުވެސް ޓްރިލިއަން ޑޮލަރުގެ އިންވެސްޓުމަންޓަށް ތައްޔާރުވެފައި އޮތް ގުދުރަތީ މާހައުލެއް ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވެ ވަޑައިގެންފައިވާ ސައިރިކްސް ޝަރީފް މި މޭރުމުން ވިދާޅުވެފައިވަނީ ޖައްވަށް މިހާރު ބޭރުވަމުންދާ ވިހަގޭހުގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދު ކުރެވިގެން ނޫނީ ދިވެހިރާއްޖެއަށް ދެމިއޮތުމުގެ ހަގީގީ ފުރުސަތު މިހާރު ނެތް ކަމަށާއި އެކަން ކުރުމަށް ދުނިޔެއަށް ލިބިފައިއޮތީ އެންމެ 98 މަސް ދުވަހުގެ ކުރު މުހުލަތެއް ކަމަށް ރާއްޖޭގެ ސްޕެޝަލް އެންވޯއި ފޯރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހިމް ނޫރައްދީން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޞަބްރާއަށް ރައްދު ދެއްވަމުން ޝަރީފް މިރޭ ވިދާޅުވީ ސަލާމަތުގެ އައްސޭރިއަކަށް ނުދެވިގެން ދިވެހިން ނޫޅޭ ކަމަށާއި، ދިވެހިރާއްޖޭގެ މުސްތަގުބަލް އޮތީ އުޖާލާކޮށް ކަމަށެވެ. އަދި ގުޅިފައިވާ އަމިއްލަ ފަރާތްތަކަށް ފަންޑު ހޯދައިދިނުމަށް ރާއްޖެ ގުރުބާން ނުކުރުމަށް ޝަރީފްވަނީ ޞަބްރާއަށް ގޮވާލަށްވާފައެވެ.

"ރާއްޖޭގެ މާހައުލަކީ ޓްރިލިއަން ޑޮލަރުގެ އިންވެސްޓުމަންޓަށް ތައްޔާރުވެ އޮތް ގުދުރަތީ މާހައުލެއް." ޝަރީފް ވިދާޅުވިއެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 މަހާސިންތާގައި ސަބްރާ ނޫރައްދީން ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ނުރައްކަލުން ދިވެހިރާއްޖޭގެ ރަށްތައް ސަލާމަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެއީ ރާއްޖެފަދަ ގައުމުތަކަށް އަމިއްލައަށް ކުރެވޭނޭ ޚަރަދުތަކެއް ނޫންކަމަށެވެ.

އަދި ރާއްޖެފަދަ ބިންތިރި ކުދި ޖަޒީރާ ގައުމުތައް ދުނިޔޭގެ ޗާޓުން ފޮހެވިގެން ދިޔަ ނުދިނުމަށް ކުރަންހުރި ކަންކަން ތަންފީޒުކޮށް ނަތީޖާ ނެރުމަށް މިހާރު އޮތް ވަގުތު ވަރަށް ހަނިވެ ކުޑަވެފައިވާ ކަމުގައި ޞަބްރާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ޙޮސޭން

15-Nov-2021

ޥެލެވަރޮ ނިކާވަރޮގެ ބޮޑޮވާހަކަ ސަބުރާ މެން ތެދައްކަނީ. ދުނިޔެ ދެމިއޮއްހާ ދުވަހަކު މިރާއްޖެވެސް ދެމިއޮންނާނެ. އިންޝާއައްލާހު.