އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއަނާ ގްރާންޑޭ އަނެއްކާ ވެސް ފިލްމަކަށް ސޮއިކޮށްފިއެވެ.

ލަވަކިޔުމުގެ އިތުރުން، ބްރޯޑްވޭތަކުން އެކްޓިންގެ ހުނަރު ދައްކަމުން އައި އާރިޔާނާ އަލަށް ސޮއިކުރީ "ވިކްޑް" ނަމަކަށް ކިޔާ ފިލްމަކަށެވެ. މިއީ ކުރިން ގެނެސްދީފައިވާ "ދަ ވިޒާޑް އޮފް އޮޒް" ގެ ސިލްސިލާއެއްގެ ގޮތުގައި ޔުނިވާސަލް ޕިކްޗާޒުން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.

ދެ އަހަރު ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ހަމަޖެހިފައިވާ "ވިކްޑް" ގެ ކާސްޓްގައި އާރިޔާނާގެ އިތުރުން ދެން ހަރަކާތްތެރިވާ އަނެއް ތަރިއަކީ ސިންތިއީ އެރީވޯ އެވެ.

އާރިޔާނާ "ވިކްޑް" އަށް ސޮއިކުރި އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 10 ގައި ރިލީޒްކުރާ ސައިންސް ފިކްޝަން ބްލެކް ކޮމެޑީ ފިލްމެއް ކަމަށްވާ "ޑޯންޓް ލުކް އަޕް" އެވެ. އެޑަމް މެކޭ ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ކާސްޓްގައި އާރިޔާނާގެ އިތުރުން ޖެނިފާ ލޯރެންސް، ރޮބް މޯގަން، ޖޯނަ ހިލް، ޓިމޮތީ ޝެމަލޭ، ޓައިލާ ޕެރީ، މެރީލް ސްޓްރީޕް އަދި ކޭޓް ބްލެންޝެޓް ހިމެނެ އެވެ.

މީގެ ކުރިންވެސް އާރިޔާނާ ވަނީ ފިލްމުތަކުން ފެނިފައެވެ. އެގޮތުން 2019 ވަނަ އަހަރު ރިލީޒް ކުރި "މެން އިން ބްލެކް: އިންޓަނޭޝަނަލް" އިން ވެސް އޭނާ ފެނިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން