ތަޢުލީމާބެހޭ ވަޒީރު ސްކޫލް ދަރިވަރުންނާ ވާހަކަދައްކަވާލައްވަނީ
ތަޢުލީމާބެހޭ ވަޒީރު ސްކޫލް ދަރިވަރުންނާ ވާހަކަދައްކަވާލައްވަނީ
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހުގެ ޙަމަލާގައި ބައިވެރިވި ދިވެހިންގެ ވާހަކަ ދަރިވަރުންނަށް ކިޔައިދިނުން މަނާކޮށްފައިނުވާނެ ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ތަޢުލީމާބެހޭ ވުޒާރާއިން މިމޭރުމުން ބުނެފައިމިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ޙަމަލާގައި ބައިވެރިވި ބާޣީންގެ ވާހަކަތައް ދަރިވަރުންނަށް ކިޔައިދިނުން ތަޢުލީމާބެހޭ ވުޒާރާއިން މަނާކޮށްފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ތަޢުލީމާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޚަބަރަކީ އެއްވެސް އަސްލެއް ނެތް، ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި މިފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށްވެސް ވަނީ ބުނެފައެވެ.

"ޤައުމީ ގޮތުން ފާހަގަކުރެވޭ މިފަދަ ދުވަސްތަކުގައި ދަރިވަރުންނާ ގުޅުވައި ސިޔާސީ މަންފާ ހޯދުން މި މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކުރަން." މިނިސްޓްރީން ބުނެފައިވެއެވެ.



1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިނެއްވީ ބުރާސްފަތި ދުވަހަކީ ދިވެހި ޚާއިނުންގެ މަދު ބަޔަކު ލަންކާ ތަމަޅައިންގެ ކުލީ ސިފައިންގެ ބަޔަކާ ގުޅިގެން މި ދިވެހިރާއްޖެއަށް ޙަމަލާދީ ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި އެއްވެސް ކުށެއް ނެތް ދިވެހި ރައްޔިތުންގެ ތެރެއިން 11 ޢާންމުންނާއެކު ޖުމްލަ 19 ދިވެހިން ޝަހީދުކޮށް އެ ޝަހީދުންގެ ލެއިން މިދިވެހި ފަސްގަނޑު ރަތްކޮއްލި ނުރައްކާތެރި ދުވަހެވެ.

ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 ވަރަކަށް ހަނގުރާމަވެރިންނާއެކު ނޮވެމްބަރ 3 ގެ ހަމަލާގައި ޢަމަލީ ގޮތުން ބައިވެރިވި ދެ ދިވެހިންނަކީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާސިރެވެ. އޭގެ ތެރެއިން ނާސިރު މިހާރު މިނިވަންވެފައިވާއިރު ލުޠުފީ އަދިވެސް ހުރީ ޖަލުގައެވެ. ލުޠުފީ ދާދިފަހުން ރާއްޖެ ގެނަސް ޖަލަށްލީ ސްރީ ލަންކާގައި ފިލައިގެން އުޅޭތާ އަހަރުތަކެއް ފަހުންނެވެ. އޭނާ ބޭސްފަރުވާއަށް ކަމަށް ބުނެ ލަންކާއަށް ފޮނުވީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުއެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަބްދޫ

05-Nov-2021

ބަފާބެޔާ ބައްޕަ ބާއީވިއިރު މިދެމަފިރިން ބާގީ ނުވެތިބޭނެތަ? ސަރީއަތަށް ސާބިތު ނުވިޔަސް ބާގީންވާނީ ބާގީންނަށް މިއަދު މިގައުމުގެ އާމަދަނީ ބަހާ ހުސްކުރިޔަސް ވެރިކަން ދިފާއުވާނެތަ? ދަވްލަތުގެ ފައިސާއަށް ހިޔާނާތަ ވާކަމަށް އެންޓިކަރެޕްސަނުގެ ގާނޫނުގަ އެބަބުނޭ ސަރީއަތާކުރިމަތިލާތި.



ޓްރެންޑިން