އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
ސްކޫލުކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަތަކުގައި 40 މުވައްޒަފެއްގެ މައްސަލަ ބަލާ 30 މުވައްޒަފުން ވާނީ ވަޒީފާއިން ވަކިކޮށްފައިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ތަޢުލީމާބެހޭ ވަޒީރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ސްކޫލް ކުދިންނަށް ޖިންސީ ގޯނާކުރި 40 މައްސަލައެއް ވާނީ ބަލާފައިކަމަށެވެ. އެގޮތުން މި މައްސަލަތަކާ ގުޅިގެން 30 މީހުން ވާނީ ވަޒީފާއިން ވަކިކޮށްފައި ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ (ޖިންސީ ގޯނާގެ) އަމަލެއް ހިނގައިފިކަން އެނގި، އެ ފަދަ މައްސަލައެއްގައި މީހަކާ ދެކޮޅަށް ކިރިޔާ ހެއްކެއް ލިބުނަސް އެމީހަކު ވާނީ ވަގުތުން ވަޒީފާއިން ވަކި ކޮށްފައިކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ މި ތަފްސީލުތައް ދެއްވީ ގަލޮޅު މަދަރުސާގެ މަސައްކަތު މީހަކު އުމުރުން އެންމެ ހަތަރު އަހަރުގެ ދަރިވަރަަކަށް ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތުކުރެވޭ މައްސަަލައާ ގުޅިގެން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ހިންނަވަރު ދާއިރާގެ މެމްބަރުު ޖީހާން މަހުމޫދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ގަލޮޅު މަދަރުސާގެ ހާދިސާއާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ލަސްތަކެއް ނުވަނީސް ވާނީ ރިޕޯޓްކޮށްފަ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކަކީ މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއްކަމަށެވެ.

އަދި މިހާރުވެސް ސްކޫލްތަކުގައި ދަރިވަރުންނަށް ޖިންސީ ގޯނާކުރުމުގެ ހަތް މައްސަލައެއް ބަލަމުންދާ ކަމަށާއި، އެ ކޭސްތަކާ ގުޅިގެން އިހުމާލުވާ ކަމަށް ބެލެވޭ ފަރާތްތައް ތިބީ ވަޒީފާއިން އެކަހެރިކުރެވިފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލު މާހައުލަކީ ދަރިވަރުންނަށް ވީހާވެސް ރައްކާތެރި މާހައުލަކަށް ހެދުމަށް، ސްކޫލުތަކުގައި ވާނީ ސެކިއުރިޓީ އޮފިސަރުން ބައިތިއްބާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ކޮންމެ ސްކޫލެއްގައި ވެސް ސީސީޓީވީ ކެމެރާ ހަރުކޮށް މިފަދަ އަމަލުތަކަށް ޖާގަ ނުދެވޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ގަލޮޅު މަދަރުސާގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަަލައިގައި ތުހުމަތުކުރެވޭ އުމުރުން 63 އަހަރުގެ އަންހެން މީހާ ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން