ވޯޓު ގުނުން ކުރިޔަށްދަނީ
ވޯޓު ގުނުން ކުރިޔަށްދަނީ
މިއަދު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކުރެންދޫގެ ގޮނޑި އެމްޑީޕީއަށް، ވިލިނގިލި ގޮނޑި ޕީޕީއެމަށް ލިބިއްޖެއެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ކުރެންދޫގެ ގޮނޑި ކާމިޔާބް ކުރީ އެމްޑީޕީގެ ކެނޑިޑޭޓް އައިމިނަތު ނިޒާމާއެވެ. އަދި ވިލިނގިލީގެ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ޝަހުމާ މުހުސިނެވެ.

އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް ބޭފުޅުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް އަންނަ އަހަރުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ރައީސާއަށް މިހާރު ލިބެނީ 3،500 ރުފިޔާގެ އެލަވެންސެކެވެ. ނައިބަށް 2،500 ރުފިޔާ އެވެ. މެންބަރަކަށް 2،000 ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން