މިވަގުތު ދުބާއީގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒަޢީމް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ބައްދަލު ކުރަށްވައިފިއެވެ.
ރައީސް މައުމޫން މިއަދު ވަނީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ދުބާއީއަށް ވަޑައިގެން ހުންނެވި ރައީސް ޞާލިޙް އެމަނިކުފާނަށް ވަގުތުކޮޅެއް ދެއްވި ކަމަށްޓަކައި ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެމްއާރްއެމުން ކަންބޮޑުވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަށްވާފައިވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެސް ވަނީ ރައީސް އިބްރާހިމް މުހަންމަދު ސާލިހާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ މައްސަލާގައި އެމްއާރުއެމް ގެންދަނީ ފާޅުގައި ދެކޮޅުހަދަމުންނެވެ. އެހެންކަމުން މިއަދުގެ ބައްދަލު ކުރެއްވުމުގައި އެމްއާރްއެމްގެ ކަންބޮޑުވުންތައް ރައީސް ޞާލިހާ ހިއްސާ ކުރެއްވިއިރު އެ ކަންބޮޑުވުން ވެސް ހިއްސާކުރަށްވާނެ ކަމަށް ބެލެވެއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބަހެއް ބުނެފައެއް ނުވެއެވެ.

Thank you Excellency President @ibusolih for the opportunity YE gave me today to discuss our current situation and MRM’s concerns. It was a great honour. Deeply appreciate YE’s views and insights. pic.twitter.com/dgy6ft5cEz
— Maumoon Abdul Gayoom (@maumoonagayoom) October 28, 2021
ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެސް ވަނީ ރައީސް އިބްރާހިމް މުހަންމަދު ސާލިހާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ މައްސަލާގައި އެމްއާރުއެމް ގެންދަނީ ފާޅުގައި ދެކޮޅުހަދަމުންނެވެ. އެހެންކަމުން މިއަދުގެ ބައްދަލު ކުރެއްވުމުގައި އެމްއާރްއެމްގެ ކަންބޮޑުވުންތައް ރައީސް ޞާލިހާ ހިއްސާ ކުރެއްވިއިރު އެ ކަންބޮޑުވުން ވެސް ހިއްސާކުރަށްވާނެ ކަމަށް ބެލެވެއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބަހެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު