ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ފޮޓޯ: ޕީޕީއެމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ފޮޓޯ: ޕީޕީއެމް
ރައްޔިިތުންގެ ލޯބި ބޭނުމިއްޔާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީޙުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާއަށް ހުށައެޅި ހިޔާ މަޝްރޫއާ ގުޅޭ މައްސަލައިގެ ބަހުސްގައި ޝިޔާމް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީގެން މިހާ ރުޅިއަންނަން ނުޖެހޭ ކަމަށާއި، މި ސަރުކާރުންވެސް ރައްޔިތުންގެ ލޯބި ބޭނުންނަމަ ގިނައިން ފްލެޓް އަޅަންވީ ކަމަށެވެ. އަދި މިސަރުކާރުން ވެރިކަމަށް އައީ ބޯހިޔާވަހިކަމުގެ ވަޢުދު ވިއްކައިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ފްލެޓު އަޅުއްވާ، ރައްޔިތުންގެ ލޯބި ބޭނުން ވެއްޖެ ކަމަށް ވަންޏާ، ބޯހިޔާވަހިކަން ދެއްވާ ރައްޔިތުންގެ ލޯބި ބޭނުން ވެއްޖެ ކަމަށް ވަންޏާ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމީނާއި، ޑރ. މުޢިއްޒުދެކެ ރުޅިއައިސްގެން އުޅެނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުން ކަމަށެވެ. ނަމަވެސް ރައްޔިތުން ގޮވަމުންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށާއި މާލޭ ރައްޔިތުން މޭޔަރުކަމަށް ޑރ. މުއިއްޒު އިންތިޚާބު ކުރީ އެ ރައްޔިތުންނަށް ކޮށްދިން ޚިދުމަތްތަކުގެ ސަބަބުން ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިންގި 7000 ސޯޝަލް ހައުސިންގ ޔުނިޓުގެ ހިޔާ މަޝްރޫޢު ހިންގުމުގައި ދަޢުލަތަށް ބޮޑު ގެއްލުމެއް ވާގޮތަށް ޢަމަލުކޮށްފައިވާކަން އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުން ހާމަވާކަމަށާއި، ފްލެޓްތައް ދިނުމުގައި މަކަރާއި ހީލަތާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާތް މީހުންނަށް ނާޖާއިޒް ފައިދާ ހޯދައި ދީފައިވާ ކަމަށް މަޖިލީހަށް މިއަދު ހުށައެޅި މައްސަލާގައި ވެއެވެ.

ހިޔާ ފްލެޓްގެ އަގާއި ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި ވާގޮތުން ކުރީގެ ސަރުކާރުން ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ކަނޑައެޅި 6600 ރުފިޔާއާއި 6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފައްސަތޭކަ ތިރީސް ދެ ރުފިޔާއިން ދަޢުލަތް ދަރަނިވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން