ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު
ސޯޝަލް ހައުސިންއަކީ އަރަނީގެ ވިޔަފާރިއެއް ނޫން ކަމަށް ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު މިއަދު ވިދާޅުވީ، ދުނިޔޭގެ ހުރިހައި ތަނެއްގައިވެސް ސޯޝަލް ހައުސިންގއަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތެއް ކަމަށާއި އެއީ އަރަނީގެ ވިޔަފާރިއެއް ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ޢިމާރާތް ކޮށްފައިވާ 7000 ފްލެޓްގެ "ހިޔާ މަޝްރޫޢު" އަކީ ބޮޑު ޖަރީމާއެއްކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ މައްސަލައެއް ހުށައަޅާފައެވެ. އެކަމާ ގުޅިގެން ޢަލީ ވަޙީދު ވިދާޅުވީ، ހިޔާ މަޝްރޫޢު ފެއިލްކޮށްލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަން ނުވާނެ ކަމަށެވެ.

"3 އަހަރުވީއިރު ކުރީ ސަރުކާރޭ ކިޔުންނޫން ކުރެވުނު ކަމެއް ނެތް! މިސްކިތް، ސްކޫލު ކޮބާ؟" ޢަލީ ވަޙީދު ސުވާލު އުފައްދަވާފައިވެއެވެ.



ހިޔާ ފްލެޓްގެ އަގާއި ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި ވާގޮތުން ކުރީގެ ސަރުކާރުން ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ކަނޑައެޅި އަގަށް ފްލެޓްގެ ކުލި މިސަރުކާރުން ކަނޑައެޅިނަމަ އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ވަރަށް ބޮޑުވާނެއެވެ. މި ރިޕޯޓުގައިވާ ގޮތުން 6600 ރުފިޔާއާއި 6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފައްސަތޭކަ ތިރީސް ދެ ރުފިޔާގެ ދަރަނި އަރާނެއެވެ.

މިމައްސަލައިގައި ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓްގެ އަގުބޮޑުވެ، ދައުލަތަށް ގެއްލުން ބޮޑުވީ މި ސަރުކާރުގެ ސަބަބުންކަމަށެވެ. މިކަމާއި ގުޅޭގޮތުން ރަސް އޮންލައިނުން ސުވާލު ދެންނެވުމުން މުއިއްޒު ފޮނުއްވާފައިވާ ތަފުސީލީ މައުލޫމާތުތައް ހިމެނޭ ލިޔުންތަކުގައިވާ ގޮތުން ކުރީ ސަރުކާރުން ހިޔާ ފްލެޓްގެ އަގު ހަދާފައިވަނީ ފިނިޝިންވެސް ހިމެނޭގޮތަށް އަދި އެޗްޑީސީއަށް ފައިދާވެސް ވާނެ ގޮތަށެވެ. އޭގެ ބަދަލުގައި މި ސަރުކާރުން 4 ޕަސެންޓުގައި ހުރި ލޯނުގެ އިންޓްރެސްޓް 7 ޕަސެންޓުގައި ޖަހައިގެން ކުލި ބޮޑުކޮށްފައިވާކަމަށް މުއިއްޒު ހިއްސާކުރެއްވި ލިޔެކިޔުންތަކުން އެނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން