ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ރައީސް ޞާލިޙްގެ އަރިހުގައި
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ރައީސް ޞާލިޙްގެ އަރިހުގައި
މިސަރުކާރު ފެއިލްވީ އެމްޑީޕީގެ އާންމު މެމްބަރުންވެސް ލަދުގަންނަ މިންވަރަށް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހަކީ މިސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއްގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވަޒީރުންގެ މަޖިލީހުގައިވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް މަލީހު ވަނީ ފަހުން އެމަޤާމުން ވަކިކޮށްފައެވެ.

މަލީޙް މިއަދު ވިދާޅުވީ މިސަރުކާރު ފެއިލްވީ އެމްޑީޕީ އާންމު މެމްބަރުން ލަދުގަންނަން ޖެހޭ މިންވަރަށް ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ ރައީސް ނަޝީދާއި އެމްޑީޕީ ލީޑަރޝިޕް ނަންގަވަން ޖެހޭނެ ކަމަށެވެ. އެމްޑީޕީގެ އެންމެ ބޮޑު މަޤްސަދަކީ މިދައުރުގެ މެދުތެރެއިން ރައީސް ނަޝީދަށް ސިޔާސީ އެނބުރިއައުމެއް ހޯދައިދިނުން ކަމަށްވެސް މަލީޙް ވަނީ ވިދާޅުވެފައެވެ.

"2018 ގައި ބޭއްވި ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެންގެވުމުގައި އެމްޑީޕީއިން ބަލާފައިވާ މިންގަނޑަކީ، މީހާގެ ނާޤާބިލްކަން." މަލީޙް ވިދާޅުވެފައިވެއެވެ.



ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާ ކުރައްވާ ޚިޔާލު ބަދަލުކުރައްވާފައެވެ. ރައީސް ނަޝީދާއި ރައީސް ސާލިހު ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައި މިވަނީ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައި އޮތުމަށްފަހު އަނެއްކާވެސް އެ ގުޅުން ރަނގަޅުވަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބޭސް ފަރުވާއަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަތުމުން އެއަރޕޯޓުން ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވީ ސީދާ ރައީސް ސާލިހެވެ.

ރައީސް ނަޝީދު ގެންދަވަނީ މަޖިލީހުގެ އެމްޑީޕީގެ މެޖޯރިޓީ ބޭނުންކުރަށްވައިގެން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކުރެއްވުމުގެ މަސައްކަތްޕުޅު ކުރަށްވަމުންނެވެ. ނަމަވެސް އެކަމަށް ރާއްޖޭގެ ސިޔާސީ ގިނަ ލީޑަރުން ވަނީ ދެކޮޅު ހައްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން