ލަނޑުުޖެހުމަށްފަހު ލޫކަސް ވަޒްކުއޭޒް އުފާފާޅުކުރަނީ
ލަނޑުުޖެހުމަށްފަހު ލޫކަސް ވަޒްކުއޭޒް އުފާފާޅުކުރަނީ
ސްޕެނިޝް ލީގުގައި މިރޭ ކުޅުނު އެލް ކްލަސިކޯ މެޗް ކާމިޔާބުކޮށް ރެއާލްމެޑްރިޑުން ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ބާސާގެ ކޭމްޕްނޯ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ޑޭވިޑް އަލަބާއެވެ. ރެއާލުން ލީޑު ފުޅާކޮށްފައިވަނީ މެޗުުގެ އިތުރު ވަގުތުގައި ލޫކަސް ވަޒްކުއޭޒެވެ.

ރެއާލުން ގޯލް ޖެހިތާ ހަތަރު މިނެޓު ފަހުން ބާސާއިން ވަނީ މި މެޗުގައި ލަނޑެއް ޖަހައި، ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ސާޖީނިއޯ ޑެސްޓް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ސާޖިއޯ އަގުއޭރޯއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލިއިރު، ރެއާލް އަތުން ބަލިވި ބާސާ އޮތީ ތާވަލުގެ ނުވަވަނައިގައި ނުވަ މެޗުން 15 ޕޮއިންޓާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން