މިއަދު މާލޭގައި ބޭއްވި އިޙްތިޖާޖް
މިއަދު މާލޭގައި ބޭއްވި އިޙްތިޖާޖް
އިންޑިއާ ސިފައިން ރާާއްޖެއިން ބޭލުމަށް ގޮވާލާ މިއަދު މާލޭގައި އިޙްތިޖާޖެއް ބާއްވައިފިއެވެ.

ޕީޕީއެމްގެ އޮފީހުގެ ކުރިމަތިން "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ފެށި ހިނގާލުމުގައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މި ހިނގާލުމުގައި ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާފައެވެ. އޭގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށްވެސް ގޮވާލާފައިވެއެވެ.

މި ހިނގާލުމުގައި ޕީޕީއެމްގެ ޢާއްމު މެންބަރުންގެ އިތުރުން މީގެ ކުރިން އެމްޑީޕީގައި ޙަރަކާތްތެރިވި ބައެއް މީހުންވެސް ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން