ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އާދިލް ސަލީމް (މ)
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އާދިލް ސަލީމް (މ)
ޤައުމުން ލޭފައިބައި ލޭފައިބައި ހުސްވާވަރު ވެއްޖެ ކަމަށާއި, ފެކްޝަން ނުހަދައި އެމްޑީޕީ އިސްލާޙު ކުރުމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އާދިލް ސަލީމް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ފޯރިގަދަ އިންތިޚާބު މިއަދު ކުރިޔަށްދާއިރު, އިންތިޚާބުގައި ވާދަކުރަށްވާ ކެނޑިޑޭޓުންނަށް ކާމިޔާބަށް އެދިވަޑައިގެން ފޮނުއްވި މެސެޖެއްގައި އާދިލް ވިދާޅުވީ, ދިވެހި ޤައުމުން ލޭފައިބާ ފައިބާ މިހާރު ހުސްވާވަރު ވެއްޖެ ކަމަށާއި, މިއީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގައި ފެކްޝަންތައް ނުހަދާ ޕާޓީ އިސްލާޙު ކުރަންވީ ވަގުތުކަމަށެވެ.

އާދިލް ވިދާޅުވީ, އެމްޑީޕީގެ ޤައުމީ މަޖިލީހަށް އިންތިޚާބު ވުމަކީ ކޮރަޕްޓްވުމަށް ލިބޭ ފާހެއް ކަމަށް ހައްދަވައިގެން ނުވާނެ ކަމަށެވެ.



ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. 700 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ މި އިންތިޚާބުގައި 455 މަޤާމަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިހާތަނަށް އިންތިޚާބަކާ ނުލައި 165 ކެންޑިޑޭޓުންނަށް ވަނީ މަޤާމުތައް ކަށަވަރުވެފައެވެ.

92 ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އިންތިޚާބުގައި އެމްޑީޕީގެ ދެ ފެކްޝަންގެ ފަރާތުން ދަނީ ކެންޑިޑޭޓުން ވާދަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން