މިއަދު ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތު
މިއަދު ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތު
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި 4،000 ފްލެޓު އަޅަން އިންޑިއަން އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ގެ ލޯނެއް ދީފިއެވެ.

ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވާރޗުއަލްކޮށް ބޭއްވވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިއަދު ސޮއި ކުރި 2 ލޯނު އެއްބަސްވުމަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑްއާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއެކު އެފް.ޑީ.ސީގެ ފަރާތުން ސޮއި ކޮށްފައިވާ އީ.ޕީ.ސީ ކޮންޓްރެކްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސުންގ ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ ސަވަރިންގ ގެރެންޓީގެދަށުން ހަމަޖެހިފައިވާ ދެ ލޯނެކެވެ.

މިއީ އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑާއިކު ސޮއި ކޮށްފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއިކު ސޮއި ކޮށްވިފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތްތަކެވެ. މިއީ 116.45 މިލިއަން ޔޫއެސް ޑޮލަރު ގެ ލޯނަކާއި އަދި 110.5 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެކެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ, ބޯހިޔާވަހިކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމެއްކަމަށާއި, އަދި އިތުރު 4000 ޔުނިޓު ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލުއިތަކެއްލިބި އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނެވޭނެކަމެއްކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ފާހަގަ ކުރެއްވި ގޮތުގައި މިއީ މިފަދަ އެހެން މަޝްރޫޢުތަކާ އަޅާ ބަލާއިރު އަގު ހެޔޮ. ތަނަވަސް ޔުނިޓު ތަކެއް އިމާރާތް ކުރެވޭ މަޝްރޫއެއްކަމެވެ. މިފަދަ މުހިންމު މަޝްރޫޢުތަކުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެކަމަށް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އިންޑިއާގެ ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވިއެވެ.

އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑާއި އެފް.ޑީ.ސީގެ ފަރާތުން އީ.ޕީ.ސީ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 2 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ. އަދި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއި އެފް.ޑީ.ސީގެ ފަރާތުން އީ.ޕީ.ސީ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ 8 މާރިޗް 2021 ވަނަ ދުވަހުއެވެ.

މި 2 މަޝްރޫޢުގެދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ.

މިމަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށްޓަކައި ދަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން