ރައީސްއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސްއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ގުޅޭގޮތުން ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ދެއްކެވި ވާހަކަތަކަށް ސަރުކާރުން ރައްދު ދީފިއެވެ.

ރައީސްއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް މިއަދު ވިދާޅުވީ، ރައީސް ޞާލިހާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއާ ގުޅުވައިގެން ޢަލީ ވަޙީދު ދެއްކެވީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި ޢަލީ ވަޙީދު އެ ވިދާޅުވާ ވާހަކަތަކުގެ ހެކި ހާމަކުރުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ.

ޢަލީ ވަޙީދު ރޭ ވިދާޅުވީ، ކަޅުދަބަހެއްގައި ރައީސް ޞާލިޙް 35 މިލިއަން ރުފިޔާ ރެހެންދި ފްލެޓުން ގެންދިޔަ ސީސީޓީވީ ފުޓޭޖް އެބަހުރި ކަމަށެވެ.

ރައީސް ސާލިޙު މީގެ ކުރިން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި އެމަނިކުފާނު ކޮމްޕްރޮމައިޒް ވާފަދަ އެއްވެސް އެއްޗެއް އެއްވެސް މީހެއްގެ އަތުގައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ރޭ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ހިތާމަ ކުރާ ކަމަށާއި، އަދި އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި ރައީސް ޔާމީނަށް ކޮށްފައިވާ ޝަރީޢަތަކީވެސް އިންސާފުން ބޭރުން ކޮށްފައިވާ ޝަރީޢަތެއް ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން