އަހުމަދު މަސްނޫމް   19 ސެޕްޓެމްބަރު 2021 - 20:39
އައްޑޫ ސިޓީ ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ފެންހިންދާ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތުގެވެސް 83 ޕަސެންޓް ވަނީ ނިމިފައިކަމަށް އެމްޓީސީސީން ބުނެއެވެ.



މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6060 އަކަމީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17,776 އަކަމީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢަކީ 41.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން