އޮޕަރޭޝަން އަލިމަގުގައި އައްޑޫ ސިޓީން ހައްޔަރުކުރި އެ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ ނަދީމް (ނަދަމާ) ގެ ހައްޔަރު މައްސަލަ ހައިކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް އެ ކޯޓުގެ ފަނޑިޔާރުން ކަނޑައަޅައިފިއެވެ.
ނަދަމާގެ ހައްޔަރު މައްސަލަ ބޭރުކޮށްލީ ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ ނިންމުމަކުންނެވެ.
އެ ނިންމުން ނަދަމާގެ ފަރާތުން ރިވިއުކޮށްދިނުމަށް އެދި ހުށަހެޅުމުން ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ވެސް ނިންމީ މައްސަލަ ބޭރުކޮށްލި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
މި މައްސަލަ ހައިކޯޓުން ބޭރުކޮށްލިއިރު، ނަދަމާގެ ބަންދު
މުއްދަތު ޖެހި މައްސަލަ ހައިކޯޓަށް ބަލައިގަނެ މިހާރު އަޑުއެހުންތައް ވަނީ ފަށާފައެވެ. މި މައްސަލައިގައި އޭނާ 30 ދުވަހަށް ބަންދު ކޮށްފައިވާއިރު، އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.
އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް، ނަދަމާ ހިމެނޭހެން 10 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނީ މި ނެޓްވޯކަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގު ފެށީ މިދިޔަ މާރިޗު މަހުން ފެށިގެން ކަމަށެވެ. އަދި، 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް"ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.
އެގޮތުން މި ނެޓްވޯކުގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައި ވާކަަމަށް ފުލުހުން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު