ރާސް މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ނަމުގައި ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރެކުރި މައްސަލައިގައި އެ ކުންފުނީގެ އެމްޑީ މުހައްމަދު އާދިލް، ގޯލްޑަން ހައުސް/ގދ.ތިނަދޫ (57އ) އާއި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގަި ދެން ހައްޔަރުކޮށްފައިވަނީ ޢާފިޔާ / ހއ. ހޯރަފުށި، އަޙްމަދު ޢަލީ (47އ) އެވެ. ކޯޓު އަމުރުގައި ވާގޮތުން އަހްމަދު އަލީ އަކީ އެ މުދާ ކްލިއަރ ކުރުމަށް ކުންފުނީގެ ފަރާތުން ދިޔަ މީހާއެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުއިރު އެމުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ ކަމަށާއި، އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހުއެވެ. އަދި މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 27 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު