ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން މިހާތަނަށް 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 3879 ފަރާތަކާއެކު ފްލެޓު އެއްބަސްވުމުގައި ސޮއިކޮ
ށްފައިވާ ކަމަށާއި އެ އެންމެންނަށްވެސް އަންނަ މަސް ނިމުމުގެ ކުރިން ތަޅުގަނޑު ހަވާލުކުރެވޭނެ ކަމަށެވެ.
އަދި ފުލެޓު ހަވާލުކުރުން ލަސްވެގެން ގޮސްފައިވަނީ އެއްބަސްވުމުގައި ފެނާއި ކަރަންޓުގެ މަސައްކަތްތައް ހިމެނިފައިނުވުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ހަވާލުވީއިރު، ފްލެޓުތަކުގައި ނިމިފައިވަނީ 33 ޕަސެންޓު މަސައްކަތް ކަމަށާއި، ދެ އަހަރު ތެރޭ 68 ޕަސަންޓު މަސައްކަތް ނިންމައި ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ނިންމައި ލޭންޑު ސްކޭޕިންގެ މަސައްކަތް މި ސަރުކާރުން ނިންމާފަ
އި ވާކަމަށެވެ.
މިހާރު ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާތަނަށް 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފްލެޓުތައް ހަވާލުކުރަނީ، އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ގެދޮރުވެރިޔާ ފްލެޓުގެ ތިން ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،500
ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 10،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 8،500 ރުފިޔާއެވެ.
މީގެ އިތުރުން ދެ ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 6،000 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،000 ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 7،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 6،000 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު