ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެސްއެމްއީ) ތަކަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާއްސަ ލުއިތަކެއް ދިނުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރީގެ ވަޒީރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވެފައި ވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެސްއެމްއީތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މި ނިންމެވުންތަކަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި، އެ ދާއިރާއާއި ގުޅޭގޮތުން ސަރުކާރުން ކުރިޔަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ނިންމާފައިވާ ގިނަ ކަންތައްތަކެއްގެ ތެރެއިން ކަމަށެވެ.
އެސްއެމްއީ ވިޔަފާރިވެރިންނާއެކު މި މަހު ބޭއްވެވި ބައްދަލުވުމެއްގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި ތައާރަފްކުރާ ކަންތައްތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މި ނިންމެވުންތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބި، އެ ދާއިރާ ތަރައްގީވެގެންދާނެ ކަމަށް ވަޒީރު ސައީދު މިއަދު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ވަޒީރު ސައީދު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށާއި، އަލަށް އެ ދާއިރާއަށް ވަންނަ ފަރާތްތަކަށް ރައީސްގެ މި ނިންމެވުމުގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޭނެ ލުއިތައް އިތުރަށް ހާމަކުރަމުންދާނެ ކަމަށް ވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.
ހަމައެއާއެކު މިކަމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ އިގްތިސާދު ބިނާކުރުމުގައި އެސްއެމްއީތަކުގެ ދައުރު ފުޅާކޮށް، އެފަރާތްތަކަށް ހިތްވަރު ދިނުންކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު