ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) އަށް ތާއީދުކޮށް އެކި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖެނުއަރީ، 2022 ގައި މާލެއިން ދިވެހި ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދަކީ އައިއެސްގެ އިސް އޮޕަރޭޓިވެއް ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.
އެގޮތުން 2015 ވަނަ އަހަރުން ފެށިގެން 06 ޖަނަވަރީ 2022 ގެ ނިޔަލަށް ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި ނަންނަމުގައި ޝޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އެކައުންޓްތައް ކްރިއޭޓްކޮށް، އޭނާގެ ފޯނުން އެ އެކައުންޓްތައް ބޭނުންކޮށް، އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) އާ ގުޅުންހުރި މަޢުލޫމާތާއި ހަބަރު ގެނެސްދޭ ސޯޝަލް މީޑިއާގެ އޮންލައިން ގްރޫޕްތަކުގައި، އެފަދަ ޢަމަލުތަކާއި ގުޅޭ އެކި ބަސްބަހުން ތައްޔާރު ކޮށްފައިވާ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ހިއްސާކޮށް، ގިނަ ވަގުތުތަކެއް މިކަމުގައި ހޭދަކޮށް އެކި ބަސްބަހުން ލިޔެފައިވާ އައި.އެސް.އައި.އެސް ގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ލިޔުންތައް އެހެން މީހުންނަށް ފޯރުކޮށްދީ، އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތައް ތަރުޖަމާ ކުރުމަށްޓަކައި އެކި މީހުންނާ މުޢާމަލާތުކޮށްގެން އެ މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.
އަދި ސޯޝަލް މީޑިއާގެ އެކި އޮންލައިން ޕްލެޓްފޯމްތަކުގައި އައި.އެސް.އައި.އެސް އަށް ތާއީދުކޮށް، އެކި ޤައުމުތަކުގައި ތިބި އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ތާއިދުކުރާ މީހުންނާ މުޢާމަލާތުކޮށް، އެކަންކަން ކުރުމަށާއި ސިއްރުކުރުމަށާއި އޮޅުވާލުމަށް ބޭނުންކުރެވިދާނެ ތަފާތު އެކި އެކި އެޕްލިކޭޝަންތައް ގަނެގެން އޭނާގެ ފޯނަށް އަޅައިގެން، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓްގެ (އައި.އެސް.އައި.އެސް) ޚަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.
މިކަންކަމަށް ރިއާޔަތްކޮށް، އޭނާގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ.
މީގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ޙޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ސާބިތުވި ދަޢުވާތައް:
- ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން
ޤާނޫނުގައިވާ އަދަބު: 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.
ކަނޑައެޅުއްވި އަދަބު: 15 (ފަނަރަ) އަހަރަށް ޖަލަށްލުން
- ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުން
ޤާނޫނުގައިވާ އަދަބު: 3 (ތިނެއް) އަހަރާއި 5 (ފަހެއް) ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
ކަނޑައެޅުއްވި އަދަބު: 5 (ފަހެއް) އަހަރަށް ޖަލަށްލުން
- ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުން
ޤާނޫނުގައިވާ އަދަބު: 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
ކަނޑައެޅުއްވި އަދަބު: 3 (ތިނެއް) އަހަރަށް ޖަލަށްލުން
މި ތިން ދައުވާ ސާބިތުވެ، އޭނާ 23 އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައެޅި ދައުވާތަކުގެ ތެރޭގައި ހިމެނެނީ އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު