މަސްވެރިންގެ ދުވަހުގެ އިހުތިފާލުތައް މިއަހަރު ކުރިއަށްގެންދަން ނިންމާފައިވަނީ މާލެ އަތޮޅު ގާފަރުގައިކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހާމަކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ އިހުތިފާލުތައް ގާފަރުގައި ބޭއްވުމަށް ނިންމީ، ކޯވިޑްއާ ގުޅިގެން ހަރަދުކުޑަކުރުމުގެ ގޮތުން މާލެ ކައިރި ސަރަހައްދެއްގައި ބޭއްވުމުގެ ގޮތުންކަމަށެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމަށް އާންމުކޮށް ހުޅުވާލާފައިނުވާއިރު މިނިސްޓްރީން ބުނީ ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން ނިންމާފައިވަނީ ގާފަރުގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން