އައްޑޫ ހިތަދޫ
އައްޑޫ ހިތަދޫ
16 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ބުނެ އައްޑޫ ސިޓީގައި އިޙުތިޖާޖު ކޮށްފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ފެންމަތިވެފައިވާ މި މައްސަލާގައި ޢުމުރުން 16 އަހަރުގެ އަންހެންކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ފުލުހެކެވެ. އެކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަ ކަމުގެ މައުލޫމަތު ލިބިފައިވާއިރު މިއަދުގެ މުޒާހަރާގައި އެ ރަށުގެ މީހުން ވަނީ އޭނާ ވަގުތުން ވަގުތައް ހައްޔަރުކުރުމަށް ގޮވާލާފައެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ހިމެނޭ ސައުތު ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެކުއްޖާގެ ރައްކާތެރިކަމަށްޓަކައި އެކަން ހިނގި އަތޮޅާއި ރަށް ހާމަނުކުރާނެކަމަށެވެ. ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން