މާލޭގެ އުސްފަސްގަނޑު ސަރަޙައްދުގައި ޖަހާފައިވާ ބަޖިޔާ ގާތަކުގެ (ޓެޓްރާޕޮޑް) ތެރެއަށް މީހަކު ވެއްޓި، ނުނިކުމެވި ތާށިވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މާލޭގެ ސްކޭޓް ޕާކާ ދިމާލު ބޭރު ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި މީހަކު ތާށިވެފައި އޮތް ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 17:16 ހާއިރުއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ފުލުހުން ހަރަކާތްތެރިވެ އެމީހާ ސަލާމަތްކޮށް މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއްް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު