މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖުތަކަކާއެކު ހައްޔަރުކުރި ތިން މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ކ. ހުރާ، ސާނީވިލާ، ހުސައިން ޝާވިން (26އ) އާއި، ތ. ތިމަރަފުށި، ވިލާ، މަރްޔަމް އިޝާ އަޝްރަފް (21އ) ގެ އިތުރުން ސ. ހުޅުދޫ، ރޭޝަމް، މުހައްމަދު ނާހިލް (25އ) އެވެ. މި މަހުގެ ދެވަނަ ދުވަހު މި ތިން މީހުން ހައްޔަރުކުރުމަށްފަހު ފުރަތަމަ ކޯޓުން ދިނީ 15 ދުވަހުގެ ބަންދުގެ މުއްދަތެކެވެ.
ނަމަވެސް، އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައި ވަނީ މި ތިން މީހުންގެ ބަންދަށް ވެސް އިތުރު 30 ދުވަސް ޖަހައިދީފައެވެ. ކޯޓު އަމުރުގައިވާ ގޮތުން މި އެންމެންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި މި ތިން މީހުން ހައްޔަރުކުރި ތަނުން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ފެނިފައިވެއެވެ. އޭގެ ތެރޭގައި 1.7 ކިލޯގެ ޑްރަގާއި، މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވާގެ އިތުރުން ބަނގުރާ ފުޅިއެއް ހިމެނެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު