މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމެންޓް އެކެއްގެ މަސައްކަތް ނިންމުމަށްފަހު އަލުން ތާރުއެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ތާރުއަޅަމުންދާ ސެގްމެންޓް 1 ހިމެނޭ ސަރަޙައްދަކީ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ ޢިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކާ ހަމައަށެވެ. އެމްޓީސީސީއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މަގުގެ ތާރުގަނޑު އަލުން އެޅުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގައި ޕޭވްމަންޓް ޑިޒައިނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމަށްވެސް މި މަޝްރޫޢުގެ ތެރެއިން ވަނީ ރޭވިފައެވެ.
އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާރު ކުރިއަށްދާ ސެގްމެންޓް 1 ގެ މަސައްކަތް އެއްކޮށް ނިންމައި ޢާންމު ދަތުރުފަތުރަށް ހުޅުވާލުމަށްފަހު، ދެން ފަށާނީ ސެގްމެންޓް 2 ގެ މަސައްކަތެވެ. މި ސެގްމެންޓްގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މުޅި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
އަމީނީ މަގުގައި އަލުން ތާރުއަޅަން ޖެހުނީ މަގު ހެދިތާ މާގިނަ ދުވަސްތަކެއް ނުވަނީސް މަގުގެ ބައެއް ސަރަޙައްދުތައް ވަރަށް ބޮޑަށް ހަލާކުވުމާ ގުޅިގެންނެވެ. ފަންނީ މާހިރުން ފާހަގަކުރައްވާ ގޮތުގައި އެ ސަރަޙައްދަކީ މާލޭގެ ބަސް ދަތުރުތައް ބާރަށް ކުރިއަށްދާ ސަރަޙައްދަކަށް ވެފައި، އެޅި ތާރުގަނޑު އެކަށީގެންވާ ވަރަށް ނުހިކެނީސް ބަރު އުޅަނދުތަކަށް ދުއްވަން ހުޅުވާލުމަކީ މަގު އަވަހަށް ހަލާކުވާން ދިމާވި މައިގަނޑު ސަބަބެވެ.
ނިމިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާގެ ބޮޑު ޚަރަދެއް ކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން އަމީނީ މަގުގެ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި މުޅި މަސައްކަތް ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް، މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އަލުން އެ ސަރަޙައްދުތައް މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު މިވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު