އަހުމަދު ޝާހް   15 ސެޕްޓެމްބަރު 2021 - 21:24
ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް
ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް
މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ޒައީމް ކަމުގެ މަގާމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްއާރްއެމްގެ ވަގުތީ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ކުރިމަތިލައްވައިފިއެވެ.

އެމްއާރުއެމްގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުއެވެ. އަދި ކޮންވެންޝަންގައި އިންތިހާބުކުރާ މަގާމްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރައީސް މައުމޫން މިއަދު ވަނީ އެމަނިކުފާނުގެ ކެނޑިޑެސީ ފޯރމު އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަބްދުލް އަލީމާއި ހަވާލުކުރަށްވާފައެވެ.



އެމްއާރުއެމްގެ ކޮންވެންޝަންގައި އިންތިހާބްކުރާ މަގާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމް، ޕާޓީގެ ރައީސް، ޕާޓީގެ ދެ ނައިބު ރައީސުން، އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން، ޒުވާނުންގެ ކައުންސިލާއި، އެކައުންސިލްގެ ރައީސާއި ނާއިބު ރައީސް، އަންހެނުންގެ ކައުންސިލާއި އެކައުންސިލްގެ ރައީސާއި ނާއިބު ރައީސް، އިންތިހާބު ކޮމިޓީ، ސުލޫކު ކޮމިޓީ އަދި އިސްތިއުނާފް ކޮމިޓީ ހިމެނެއެވެ.

އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރްއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މި މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތަކީ އެމްއާރްއެމްގެ ދަފްތަރުގައި ހިމެނޭ މެންބަރަކަށް ވުމާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ މެންބަރެއް ނަމަ 30 އަހަރު ފުރިފައިނުވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން