އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރާ 150 އަށްވުރެ ގިނަ ކެންޑިޑޭޓުން ވޯޓަކާ ނުލައި ހޮވިފައިވާ ކަމަށް އެ ޕާޓީން މިއަދު އިއުލާންކޮށްފިއެެވެ.

އެމްޑީޕީން މިރޭ ކުރި އިއުލާނުގައި އާންމުކުރި ލިސްޓުގައި ވަނީ އިންތިހާބަކާ ނުލައި ހޮވިފައިވާ ކެންޑިޑޭޓުންގެ ނަންތަށް ވަނީ ހާމަކޮށްފައެވެ.

އެމްޑީޕީން ބުނީ އިންތިހާބުގައި 730 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެ ތެރެއިން 161 ކެންޑިޑޭޓުން ވޯޓަކާ ނުލައި ހޮވިފައިވާ ކަމަށެވެ. މިގޮތަށް އެ ބޭފުޅުން ހޮވިފައިވަނީ އެ ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މި މަހުގެ 25 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު މި އިންތިޚާބުގައި ޖުމްލަ 455 މަގާމަކަށް މީހުން އައްޔަން ކުރަން ވަނީ ނިއްމާފައެެވެ. އެ މަގާމުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެއެވެ.

ހަމައެއާއެކު ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކެރެޓަރީން ވެސް މި އިންތިޚާބުގައި ހޮވާގޮތަށް ވަނީ ހަމަޖެހިފައެެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި 93،146 މީހުން އެބަތިއްބެެވެ. މި އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން