ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ރައީސް ނަޝީދު
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ރައީސް ނަޝީދު
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ 7 ފެބްރުއަރީ 2012 ގައި ބަޣާވާތް ކުރެއްވި ކަމަށް ބުނެ އެމައްސަލަ ބަލައިދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށައަޅުއްވައިފިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި އިންސާފު ހޯދައދިނުމަށް ގާއިމްކޮށްފައިވާ އިދާރާއެކެވެ.

ބޮންޑޭ ހުށަހެޅުއްވި އެ މައްސަލާގައި ވަނީ 7 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުޙައްމަދު ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ފުލުސް އޮފީހުގެ މައި މަރުކަޒު ކައިރީގައި ބަޣާވާތް ކުރުމަށް ރައްޔިތުންނަށް އިމްރާން ހިތްވަރުދެއްވާ ވީޑިއޯއެއް ޔޫޓިއުބްގައި ދައުރުވަމުންދާ ކަމަށެވެ. އެ ވީޑިއޯ ވެސް ބޮންޑޭ ވަނީ މައްސަލައާއެކު އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައަޅުއްވާފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަޤިއްލު ޤާނޫނީ ޝަޚްޞެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން