ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން، ވެރިފަރާތުގެ ފޯނަށް އެކަން ހަނދާންކޮށް ދިނުމަށް މެސެޖެއް ފޮނުވުމަށް ނިންމާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަހުމަދު ފަސީޙް ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓްރޯލަރ، ސީޕީ (ރޓ) އަހުމަދު ފަސީޙް ވިދާޅުވީ، އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށް ދިނުމަށް މެސެޖެއް ފޮނުވާނެ ކަމަށެވެ. އަދި އެ މެސެޖާއެކު ޕާސްޕާޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކުވެސް ފޮނުވާނެކަަމަށް ފަސީހް ވިދާޅުވިއެވެ.
ޕާސްޕޯޓުގެ ގިނަ މައްސަލަތައް ދިމާވަނީ ފަރުދީ ޒިންމާ ނުއުފުލާތީކަން ފާހަގަ ކުރަށްވަމުން ފަސީހް ވިދާޅުވީ، ޕާސްޕޯޓުގެ މުއްދަތު އޮންނަނީ 5 އަހަރަށް ކަމަށާއި، އެހެންކަމުން މުއްދަތު ހަމަވުމުގެ ކުރިން އާކުރުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ.
"ޖަނަވަރީއިން ފެށިގެން ކޮންމެ މީހެއް ފޯނަށް ނޮޓިފިކޭޝަނެއްދާނެ މުއްދަތު ހަމަވަނީ އޭ. 6 މަސްދުވަހޭ ބާކީ އޮތީ. އަވަހަށް ޕާސްޕޯޓު ހައްދަވާށޭ." ފަސީޙް ވިދާޅުވިއެވެ.
ހަމައެއާއެކު ފަސީޙް ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް، އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ ކަމަށެވެ. އަދި ޕާސްޕޯޓު ހެއްދުމާއި، ޕާސްޕޯޓު ލިބުމުގައި ހުރި ދަތިތައް ހައްލުކޮށް ދިނުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ފަސީހް މިއަދު ވިދާޅުވެފައިވެއެވެ،

ކިޔުންތެރިންގެ ހިޔާލު